އެމްޓީސީސީގެ ހިދުމަތްތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އެ ކުންފުނިން ވެސް ސަރވޭއެއް ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ސަރވޭ އަކީ އެމްޓީސީސީން މިހާރު ދެމުންދާ ހިދުމަތްތަކާ މެދު އާންމުންގެ ހިޔާލު ހޯދައި، އެ ކުންފުނީގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމައަށް ދިނުމުގެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް ހިންގާ ސަރވޭއެއް ކަމަށެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން އާންމުކޮށްފައިވާ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ އެ ޕޯސްޓުގައި ހިމެނޭ ލިންކަށް ވަދެގެން އެ ސަރވޭގައި ބައިވެރިވެވޭނެ ކަމަށެވެ.
އެ ސަރވޭގައި ކުންފުނީގެ ސްޕީޑާއި ކަސްޓަމާ ސާވިސް ހިދުމަތްތަކާއި އެކި މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނިން އަމަލުކޮށްފައިވާ ގޮތް އާންމުންނަށް ވަޒަން ކުރެވޭނެ އެވެ. އަދި ހިދުމަތް ދިނުމާއި ގުޅޭގޮތުން ރަނގަޅު ކަންތައްތަކާއި ކަސްޓަމަރުންގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ލިބެއެވެ.
އެމްޓީސީސީ އަކީ ދަތުރުފަތުރު ކުރުމުގެ ހިދުމަތް ދެމުންދާ އަދި އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި މަޝްރޫއުތަކެއް ވެސް ހިންގަމުންދާ ކުންފުންޏެކެވެ.



