ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ހުދު ސަމާލު ނެރުނީ، 18:30 އިން މިރޭގެ 23:30 އާއި ހަމައަށެވެ.
މެޓުން ނެރުނު ހުދު ސަމާލުގައި ބުނީ، މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓުން އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މިފަދަ ހާދިސާތައް ހިނގި ނަމަވެސް، މިހާރު ހިނގަމުން ދަނީ އިރުވައި މޫސުން ކަމަށް މެޓުން ވަނީ ބުނެފައެވެ.




