އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ވާދަކުރަން ނިންމައިފިއެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކައުންސިލް ޕްރައިމަރީގައި ޔޫއްޕެ ވާދަކުރަނީ މައްޗަންގޮޅި އުތުރު ދާއިރާ އަށެވެ.
މި ދާއިރާގެ ޕްރައިމަރީގައި ޔޫއްޕެގެ އިތުރުން އިތުރު ތިން ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫއްޕެ ޕީއެންސީއާ ގުޅިފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މީގެކުރިން އޭނާ ވަނީ ޖުމްހޫރީ ޕާޓީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ގޮތުން މަސައްކަތްކޮށްފައެވެ.
ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ޔޫއްޕެއަކީ ކާމިޔާބު އެކްޓަރެއްގެ އިތުރުން މަޝްހޫރު ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ސްކްރީން ރައިޓަރެއް ވެސް މެއެވެ.




