ކުޅުދުއްފުށި ސިޓީގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެެފުން ބުނީ ހަވާރު އަރުވާނީ މިރޭ 21:30 -22:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.
ހަވާ އަރުވަން ހަމަޖެހިފައި ވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކަމަށާއި، ހަވާ އެރުވުން ކުރިއަށް ގެންދާނީ 5 މިނެޓެއްހާ އިރަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ހަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.
ހަމައެހެންމެ ރާއްޖޭގައި ފާހަގަކުރާ ބައެއް ހާއްސަ އިވެންޓްތަކާއި ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.




