އުރީދޫ މޯލްޑިވްސް އިން އާ އަހަރާ ދިމާކޮށް ކަސްޓަމަރުންނަށް ހާއްސަ ގިނަ އޮފާތަކެއް މިއަދު ތައާރަފުކޮށްފިއެވެ.
މި އޮފާތަކުގެ ތެރޭގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކްތަކާއި، އާޗާ ޕްލޭންތަކުގެ އިތުރުން ސޯޝަލް މީޑިއާ އަދި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޑީލްތައް ހިމެނެއެވެ.
އުރީދޫގެ ޕްރިޕެއިޑް ނިއު އިޔާ ޕްލޭނަކީ 26ރ. އަށް 26 ލޯކަލް މިނިޓާއި 1.5 ޖީބީ ޑޭޓާ ލިބޭ ތިން ދުވަހުގެ ޕްލޭނެކެވެ. މިއީ އާހަރުގެ ވީކެންޑަށް ހާއްސަކޮށް އެ ކުންފުނިން ތައާރަފު ކުރި އޮފާއެކެވެ.
އުރީދޫގެ އާ އާޗާގެ އެއް އަހަރު ދުވަހުގެ ޕްލޭނަކީ 2،026ރ. އަށް ޖުމްލަ 730 ޖީބީ ޑޭޓާ އާއި އުރީދޫގެ ނަމްބަރުތަކަށް ހިލޭ ގުޅޭނެ ފުރުސަތު ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖުން އެއް ޖީބީގެ ޑޭޓާ އާއި އެއް ޖީބީ ޑޭޓާ ޓިކްޓޮކަށް ލިބޭނެ އެވެ.
އުރީދޫން އާ އަހަރަށް ހާއްސަކޮށް ނެރުނު އޮފާތަކުގެ ތެރޭގައި އާޗާ ހަ މަސް ދުވަހުގެ އޮފާއެއް ވެސް ހިމެނެ އެވެ. އެއީ 2،026ރ. އަށް ޖުމްލަ 990 ޖީބީ ޓޭޑާ އާއި ހިލޭ ފޯން ކޯލް ޑޭޓާ ލިބޭ ޕެކެކެވެ. އެ ޕެކް ހިޔާރުކުރުމުން ދުވާލަކަށް 5.5 ޖީބީ ޑޭޓާ ލިބޭނެ އެވެ. އާޗާ ތިން މަހުގެ އޮފާ އަކީ 1،100ރ. އަށް ތިން މަހަށް 270 ޖީބީ ލިބޭ އޮފާއެކެވެ. މި އޮފާގެ ދަށުން ހިލޭ ފޯން ކޯލާއި ދުވާލަކަށް ތިން ޖީބީ ޑޭޓާ ލިބޭނެ އެވެ.
އުރީދޫން ތައާރަފްކުރި ސޯޝަލް މީޑިއާ ޕެކަކީ ސޯޝަލް މީޑިއާ އަށް ހާއްސަކޮށް 25ރ. އަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެއްވެސް ލިމިޓަކާ ނުލާ ބޭނުންކުރެވޭނެ އެވެ. މިއީ އެއް ދުވަހުގެ މުއްދަތަށް ލިބޭ އޮފާއެކެވެ.
އޭގެ އިތުރުން އުރީދޫން ވަނީ 28 ދުވަހަށް ފަސް ޖީބީގެ ޓިކްޓޮކް ޑޭޓާ ލިބޭ އޮފާއެއް ވެސް ތައާރަފްކޮށްފައެވެ.
އުރީދޫން ބުނި ގޮތުގައި އާ އަހަރަށް ހާއްސަކޮށް ތައާރަފްކުރި މި ހުރިހާ އޮފާތަކެއް ވެސް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެއެވެ.




