ޅ. ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީއިން ބުނީ، ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ އިފްތިތާހީ މަގުގައި ކޭބަލް ޖަންކްޝަން ނެޓްވޯކް އެޅުމުގެ މަސައްކަތް ކަމަށެވެ.
ސަރުކާރުން ވަނީ މި މަޝްރޫޢުގެ ދަށުން ނައިފަރުގެ މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތަށްކަމަށް ވިދާޅުވެފައެވެ.

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު، ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި، ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްޤީކުރުމަށެވެ. މިއީ ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަ ލިބިގެންދާނެ ގޮތަކަށް މަގުތައް ފަރުމާކުރުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުންފުނިތަކާ ހަވާލުކުރައްވައިގެން ބާރަށް ކުރިއަށް ގެންދަވަމުންނެވެ.



