އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް އަބްދުﷲ އުނައިސް ހަމަޖައްސައިފި އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބަދަލުކުރެއްވި އިރު، އުނައިސް ގެންދެވީ އީސީގެ ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވަމުންނެވެ. އަދި އެކުއެކީގައި ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ގެ ޒިންމާވެސް އަދާކުރައްވަމުންނެވެ.
2005 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަންއަށް ޚިދުމަތް ކުރައްވަމުން އަންނަ އުނައިސް ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ހަމަޖައްސަވާފައިވަނީ، ކުރިން އެމަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ، އިސީގެ މެންބަރުކަމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އައްޔަން ކުރެއްވުން، އެމަގާމު ހުސްވުމާއި ގުޅިގެންނެވެ.
އީސީން ވަނީ މިއަދު އެ ކޮމިޝަންގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓަރަކަށް އާމިނަތު އަޒީފާ އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ސީނާ ރަޝީދު ހަމަޖައްސާފަ އެވެ.




