އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އިސްމާއިލް ސާޖިދު ސަސްޕެންޑްކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ސާޖިދު ސަސްޕެންޑް ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް ސާޖިދު ސަސްޕެންޑްކުރި ސަބަބެއް އަދި ސާފެއް ނޫނެވެ.
މިކަމާ ގުޅިގެން އެމްއެމްއޭގެ ބަހެއް ވެސް އަދި ނުލިބެއެވެ.
ސާޖިދު، އެ މަގާމަށް އައްޔަން ކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅެވެ. ސާޖިދު އެފްއައިޔޫގެ ވެރިޔާއަށް އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމަންޓަށް ބަދަލު ކުރުމަށް ފަހުގައެވެ.
މި ބަދަލު ގެނައީ އެމްއެމްއޭގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.



