މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއްގެ މެދުގައި ރޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، މާލޭ ވައިޖެހޭ މަގުގައި ބިދޭސީންތަކެއް މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް ރޭ 11:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މާރާމާރީގެ މައްސަލާގައި ދެ ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މާރާމާރީ ހިނގަން މެދުވެރި ސަބަބެެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާއިރު އެ ތަނުގައި 10 ވަރަކަށް ބިދޭސީން އުޅޭ ތަން ފެނެ އެވެ. އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ ހެންވޭރުގައި ހުންނަ ޖެލީ ޓޭކްއަވޭގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައެވެ.




