ސިހުރު ހެދިކަމަށް ތުހުމަތުކޮށް ށ. ފުނަދޫން ފުލުހުން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ށ. ފުނަދޫގައި ސިހުރު ހެދިކަމަށް ތުހުމަތުކޮށް ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުންގެ އިދާރާއިން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓާށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރެއް ނެރެދީފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.



