ބޭންކް އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ކާޑު ކަސްޓަމަރުންނަށް މެލޭޝިއާއަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ 1 ޖަނަވަރީ އިން 16 ފެބްރުއަރީ 2026ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިން އޮފް ސޭލް (ޕީއޯއެސް) ޓަރމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ސްޓޫޑެންޓް ކާޑުން ކުރާ ހުރިހާ ޓްރާންސެކްޝަނެއް ގުރުއަތުގައި ހިމެނޭނެއެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
މިއިނާމަށް ހޮވޭ ފަރާތަކަށް ހަމަޖެހިގެންދާނެ ކަންތައްތަކަކީ:
- މެލޭޝިއާގެ ޖޮހޯރ އަށް އެއާއޭޝިއާއިން ތިން މީހަކަށް ދެކޮޅު ޓިކެޓު (ކުޑަ ކުއްޖަކާއި ބޮޑު ދެމީހުންނަށް)
- ލެގޯލޭންޑަށް 1 ދުވަހުގެ އެޑްމިޝަން ފާސް
- ޑަބަލް ރޫމެއްގައި 4 ރޭގެ ހުރުން
ބީއެމްއެލްއިން އިތުރަށް ބުނީ، މި ކަންތައްތަކުގެ އިތުރުން، ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކު 5 ނަސީބުވެރިން ހޮވާނެ ކަމަށާއި، މިއިން ކޮންމެ ނަސީބުވެރިއަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ވިޔަފާރިތަކުގެ ލިސްޓު އަދި އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/back-to-school މި ލިންކުން ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.



