ހަ ކައުންސިލެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
މިއަދު ކުރިއަށްދަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމާއި، ހއ. އުތީމު، ނ. ލަންދޫ އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރުން އިންތިޚާބުކުރުމާއި، ހއ. ތަކަންދުއާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުމެވެ.
މި ބައި-އިލެކްޝަންގައި ވޯޓްލުމަށް 11 ވޯޓްފޮށްޓެއް ބަހައްޓާފައިވެއެވެ. އެއީ ދާއިރާތަކުގައި ބެހެއްޓިފައިވާ 8 ފޮށްޓާއި މާލޭ ދަރުބާރުގޭގައި ބަހައްޓާފައިވާ ތިން ވޯޓު ފޮށްޓެވެ.
ބައި-އިލެކްޝަންގެ ވޯޓު ނެގުން 8:00 ގައި ފަށާފައިވާއިރު 16:00 ެއާއި ހަމަޔަށް ވޯޓުލުން ކުރިޔަށްދާނެއެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.


