ހުޅުމާލޭގައި ބިދޭސީއަކު ދުއްވި ވޭނަކުން 134 ބަނގުރާ ފުޅި ފެނިގެން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ ބަންގަލްދޭޝަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އެމްޑީ ޖެވެލް ހޮސެން ނަމަކަށް ކިޔާ މީހެކެވެ.
އޭނާ ހައްޔަރުކުރީ، އިއްޔެ ހެނދުނު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސް ކުރުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން، ހުޅުމާލޭ ބަނދަރު ސަރަހައްދުން އޭނާ ދުއްވި ވޭން، ހުއްޓުވައި ބަލައިފާސްކުރިއިރު 134 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.




