މުސާރައިގެ ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން އެ ކުރިއެރުން ދޭ ގޮތަށް، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ދޭ އުސޫލަށް ބަދަލު ގެނެސްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އިއްޔެ އާންމު ކުރި އުސޫލުގައި ބުނެފައިވަނީ، މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެން ދޭނީ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަވުމާއެކު އެ ކުރިއެރުން ދިނުމަށް ފިނޭންސްގެ ހުއްދައާއެކު ހުށަހެޅުމުން އެ މުވައްޒަފަށް ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން ކަމަށެވެ.
މީގެ ކުރިން އުސޫލު އޮންނަ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެނީ، އެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަވުމާއެކު އެ ކުރިއެރުން ދިނުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދާ، އެ ހުއްދައާއެކު ސީއެސްސީއަށް ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ހުއްދަ ދޭ ތާރީހުން ފެށިގެންނެވެ.
މުސާރައިގެ ކުރިއެރުން ދޭއިރު މުވައްޒަފުންގެ މަސައްކަތް ވަޒަންކުރާނެ ގޮތާއި މަގާމުގައި ހޭދަކުރާ މުއްދަތު ގުނާގެ ގޮތް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.



