މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހައިވޭގައި ހަރުކޮށްފައި ހުންނަ ސޯނާ ޕެނަލްތަކުގެ ތެރެއިން ޕެނަލެއްގައި މިއަދު ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، މިދިލިމަގުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލެއްގައި ރޯވެފައިވާކަމުގެ ރިޕޯޓް މިއަދު 08:34 ހާއިރު ލިބުނު ކަމަށެވެ.
އެ ރިޕޯޓު ލިބުމާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އަދި ފަޔާފައިޓަރުން ކުރި މަސައްކަތުން ސޯލާ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 08:45 ހާއިރު ކަމަށް ސިފައިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށެވެ.



