މަޝްހޫރު ޓިކްޓޮކް ތަރި އަލީ އަމްޖަދު (އަމްޖު) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އަމްޖު ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ.
މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ސްޓްރޯކެއް ޖެހިގެން އަމްޖު ވެއްޓިފައިވަނީ އޭނާ މަސައްކަތް ކުރާ ދޯނީގައި ހުއްޓައެވެ. ވެއްޓުމާއެކު ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަމްޖު އަކީ ރާއްޖޭގައި ޓިކްޓޮކްއަށް ނަން އައު ފަންނާނަކަށް ނުވާނެއެވެ. ޓިކްޓޮކްގެ ގިނަ ލައިވްތަކުގައި ވެސް ހަރަކާތްތެރިވަމުން އަންނަ އަމްޖު އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ޓިކްޓޮކްގެ އިތުރު ފަންނާނެއް ކަމަށްވާ މަރިޔަމް ސަމާއާއެކުގައެވެ.



