ތިން ރަށެއްގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
އާރްޑީސީން މިއަދު ބުނީ ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގއ. ވިލިގިލީގެ މަގު ހެދުމުގެ 3 ވަނަ ފިޔަވައްސާއި، ހއ. އުލިގަމު އަދި ރ. މާކުރަތުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް ކޮންސްޓްރަކްޝަންގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. މި ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.



