ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންސްޕާއިން ބުނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްޗްްވެވި ބައްދަލުވުންތަކުގައި ފާހަގަކުރި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދިނުމަށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދަ ހިދުމަތާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ތެރޭގައި ރަޖިސްޓްރީވެފައިވާ ކޮންމެ އޮޕްޓޮމެޓްރިސްޓަކު ދޫކުރާ ޕްރިސްކްރިޕްޝަނަކަށް އާސަންދައިގެ އެހީ ލިބޭނެ އިންތިޒާމު ހިމެނޭ ކަމަށް އެންސްޕާއިން ބުނެފައި ވެއެވެ.
މިގޮތުން އެ އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 15 ޖަނަވަރީ 2026 އިން ފެށިގެން ކަމަށްވެސް އެންސްޕާއިން ބުނެފައި ވެއެވެ.



