ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ބިމުގައި ޖީޕީ ކްލިނިކެއް ހެދުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހެންވޭރު ޖީޕީ ކްލިނިކް ހެދުމަށް ކަނޑައަޅާފައިވާ ކުރީގެ ތެލެސީމިއާ ސެންޓަރުގެ ޑިމޮލިޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން ބޭނުންވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް އައިޖީއެމއއެޗުން ވަނީ ބުނެފައެވެ.
އަދި ބީލަން ހުށަހަޅުން ހުޅުވާލާފައިވަނީ މި މަހުގެ 15 ދުވަހުގެ ނިޔަލަށް ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.




1 Comment
ޖީޕީ ކުލިނިކަކީ ކޮންޗެއް