ނައިޖީރިއާގައި އެމެރިކާގެ ހަމަލާތައް އިތުރުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމަޕް މިހެން ވިދާޅުވެފައި ވަނީ ނިއުޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ ނައިޖީރިއާގައި ކްރިސްމަސް ދުވަހު އެމެރިކާއިން ދިން އަސްކަރީ ހަމަލާއާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އޭރު ބުނެފައިވަނީ ނައިޖީރިއާގެ ހުޅަނގު އުތުރުގައި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާދީފައިވަނީ ނައިޖީރިއާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.
ނައިޖީރިއާ އިން އޭރު ބުނެފައި ވަނީ އެ ހަޅުތާލަކީ ”ޓެރަރިސްޓުންނަށް“ އަމާޒުކޮށްގެން ހިންގާ ”ޖޮއިންޓް އޮޕަރޭޝަނެއް“ ކަމަށާއި ”ވަކި ދީނަކާ ގުޅުމެއް ނެތް“ ކަމަށެވެ.
ނައިޖީރިއާގެ ކްރިސްޓިއަނުންނަށް ގޯނާކުރާ ކަމަށް ނައިޖީރިއާ އިން ކުރިން ދޮގުކުރި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެ ގައުމުގައި ކްރިސްޓިއަނުން މަރާނަމަ ނައިޖީރިއާގައި އިތުރު ހަމަލާދޭނެ ކަމަށެވެ.
ނައިޖީރިއާގެ 230 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީ ގައި ހިމެނެނީ ދެކުނުގައި ގިނަ ބަޔަކު ހިމެނޭ ކްރިސްޓިއަނުންނާއި އުތުރުގައި ގިނަ ބަޔަކު ހިމެނޭ މުސްލިމުންގެ މައްޗަށެވެ.





1 Comment
I am truly thankful to the owner of this web site who has shared this fantastic piece of writing at at this place.