މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ރާވާފައިވާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރޭވިގެން ކުރިޔަށްގެންދިއުމަށް ނިންމާފައިވާ މެއިންޓެނަންސް މަސައްކަތަކާ ގުޅިގެން މިރޭ މެންދަމު 1 އިން 4 އާ ދެމެދު، ގަޑިއެއް ހާއިރަށް ޚިދުމަތަށް ބުރޫއަރާނެކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން، މޯބައިލް އެޕް، އޭޓީއެމް، ޕީއޯއެސް މެޝިން، ކާޑު، ޔޫއެސްޑީ ބުކިން ޕޯޓަލް، އަދި ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް ބުރޫއަރާނެކަމަށް އެ ބޭނުންކުން ހާމަކުރެއެވެ.
އަދި އެވަގުތުތަކުގައި ހިދުމަތަށް ބޫރު އަރާފާނެތީ ބީއެމްއެލްއިން ވަނީ އެކަމަށް މާފަށް އެދިފައެވެ.



