މި އަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް މުޅި ޖުމްލަ 10،395،195 ރުފިޔާ ވަނީ ދޫކޮށްފައެެވެ. ނަމަވެސް މިއީ، މިިދިޔަ އަހަރުގެ މި މުއްދަތުގައި މަސްވެރިންނަށް ދޫކުރި އަދަދާ އަޅާބަލާއިރު 64 އިންސައްތަ ދަށް އަދަދެެކެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ދަށްވެފައިވަނީ، މިދުވަސްވަރު ވައި ނުސާފުވުމުގެ ސަބަބުން މަސްވެރިން މަހަށް ނުކުންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މި ޖެނުއަރީ މަހުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް ދޫކުރި ފައިސާ:
ޖެނުއަރީ 1: 1،659،378 ރުފިޔާ
ޖެނުއަރީ 3: 1،508،161 ރުފިޔާ
ޖެނުއަރީ 5: 2،179،020 ރުފިޔާ
ޖެނުއަރީ 6: 1،473،841 ރުފިޔާ
ޖެނުއަރީ 7: 1،389،941 ރުފިޔާ
ޖެނުއަރީ 8: 917،492 ރުފިޔާ
ޖެނުއަރީ 9: 1،267،359 ރުފިޔާ



