ރާއްޖޭގެ އެކިކަންކޮޅުތަކުގައި، ފެނަކައާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫތަކެއް އެމްޑަބްލިއުއެސްސީއާ ޙަވާލުކުރަން މަޝްވަރާ ކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްްރަކްޗަރ އިން ބުނީ، ފެނަކައިން ރަށްރަށުގައި ހިންގަމުންދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ މަސައްކަތާއި ގުޅޭގޮތުން އެ ދެ ކުންފުންޏާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެބައްދަލުވުމުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓާރާއި،ޓެކްނިކަލް ޓީމުގެ އިތުރުން އެމްޑަބްލިއުއެސްސީއާއި ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރުން ބައިވެރިވަޑައިގެންނެވިކަމަށް ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި ފެނަކައިން ފަށާފައިހުރި މަޝްރޫއުތަކާއި، ފެށުމަށްފަހު އެކި ސަބަބުތަކާހުރެ މެދުކަނޑާލާފައިވާ 16 މަޝްރޫއެއް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމާމެދު މަޝްވަރާކޮށްފައި ވެއެވެ.
މިއީ، މަޝްރޫއުތައް އަވަހަށް ނިންމުމުގެ ބޭނުމުގައި ނިންމި ނިންމުމެއްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



