ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން އަޙްމަދު ޝަމާޙް ރަޝީދު ވަކިކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޕީސީބީން ކުރި ޕޯސްޓުގައި ބުނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން މ. ސިސްކަން، އަލްފާޟިލް އަޙްމަދު ޝަމާޙް ރަޝީދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
އެ މަގާމަށް ޝަމާހް އައްޔަނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.



