ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާރު 8،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ވަނީ ސަރުކާރުގެ އެހީގައި ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުންގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހިލޭ ޑިގްރީގައި 8،680 ދަރިވަރުން އަންނަނީ މަތީ ތައުލީމް ހާސިލުކުރަމުންނެވެ.
މީގެއިތުރުން ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ދެ އަހަރު ހިލޭ ޑިގްރީގެ ދަށުން 6،640 ދަރިވަރުން ދަސްވެނިވެފައިވާކަން ވެސް ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 4،370 އަންހެން ކުދިންނާއި 2،270 ފިރިހެން ކުދިންނެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ހިލޭ ޑިގްރީގައި 5،863 ދަރިވަރުން ރަޖިސްޓްރީކޮށްފައި ވާއިރު އެއީ 3،765 އަންހެން ކުދިންނާއި 2،098 ފިރިހެން ދަރިވަރުންނެވެ.
މިހާތަނަށް ޖުމްލަ 301.66 މިލިއަން ރުފިޔާ ހިލޭ ޑިގްރީ ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައި ވާއިރު މިދިޔަ އަހަރު އެކަނިވެސް ވަނީ 151.30 މިލިއަން ރުފިޔާ ދޫކޮށްފައެވެ.



