އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ކާރުގައި މިއަދު ޖެހުނު ޕިކަޕްގެ ވެރިފަރާތްކަމުގައިވާ އުމުރުން ދުވަސްވީ މީހާއަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް(އިންމު) އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ޝައިޚް އިމްރާން އާއި އޭނާގެ އަނބިކަނބަލުން ފެންނަން ތިއްބެވެ. އެހެންނަމަވެސް އެއްެވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ޕިކަޕްގެ ވެރިމީހާގެ ގައިގަ ވަރަށް އޯގާތެރިކޮށް ހިފަހައްޓައިގެން ހުންނަވާ އިންތިޚާބީ މެންބަރު އިމްރާން ވަނީ އެމީހާއަށް މައާފުކޮށްދިނުމަށާއި، އެމީހާއަ އަތުން އެއްވެސް އެއްޗެއް ނުނެގުމަށް ޝައިޚް އިމްރާންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އިންމު ވަނީ ޕިކަޕް ދުއްވަން އިން އުމުރުން ދުވަސްވީ މީހާއަތުން އެއްވެސް ފައިސާއެއް ނުވަތަ އެއްވެސް ބަދަލެއް ހޯދާނަމަ، އޭގެ ޒިންމާ ނަންގަވާނެކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.
ޖަހާލަތު ޕާޓީގެ ސޭކް އިމްރާން މުސްކުޅިއަކު ފެލާލަން އުޅެނިކޮށް ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ އިންތިހާބީ މަޖްލިސް މެމްބަރު އިމްރާން ނުކުމެ ހުއްޓުވައިފި. ސޭކު އިމްރާން ގެ މޫނުމަތިން ފެންނަނީ ބޮޑާކަން.@ShimranAb @immu_mv pic.twitter.com/zGRp5KkLqw
— Raakani Mv (@RaakaniMV) May 4, 2024
ސޯޝަލް މީޑިއާގައި އިންމުގެ މިއަމަލު ދައްކުވައިދޭ ގިނަ ވީޑިއޯތަކާއި ފޮޓޯ ހިއްސާކޮށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ ދެ އިމްރާންގެ ތަފާތު މީގެއިން ފެންނަކަމަށެވެ. ޝައިޚް އިމްރާން ބޮޑާކަމަށާއި، އިންތިޚާބީ މެންބަރު އިމްރާން ނުވަތަ އިންމުގެ ހިތްހެޔޮކަން ބައެއް މީހުން ފާހަނގަކޮށްފައި ވެއެވެ.



