ހަފްތާ ބަންދުގައި، ޔޫތު ހަބުގައި އެންމެ ފަހުގެ 3 ދިވެހި ފިލްމެއް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
މި ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 15، 16 އަދި 17 ވަނަ ދުވަހުގައެވެ.
އެ މިނިސްޓްރީން ބުނީ، މިމަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ ޔޫތު ހަބުގައި ”އަލިފާން“ ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަހުގެ 16ވާ ހުކުރު ދުވަހުގެ ރޭ ”އަލްވަދާޢު“ އަދި 17 ވާ ހޮނިހިރު ދުވަހުގެ ރޭ ”ފުރޭތަ“ އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
މި ތިން ފިލްމަކީ ވެސް 18 އަހަރުން މަތީގެ މީހުންނަށް ހަދާފައިވާ ފިލްމުތަކެކެވެ. އަދި މިއީ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން މިދިޔަ އަހަރު އުފައްދާފައިވާ 3 ފިލްމެވެ. މި ތިން ފިލްމުވެސް ހިލޭ ބެލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތާއި، ގޯތި ތަރައްޤީކޮށް ޔޫތު ހަބެއްގެ ގޮތުގައި ހުޅުވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.



