ހދ. ކުޅިދުއްފުށީގައި ކުއްލި ގޮތަކަށް އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އެ ރަށު ލަތީފީ މަންޒިލް / ޝަޒްފާ އަބްދުﷲ އެވެ. އޭނާއަކީ ކުޅުދުއްފުށި ސްކޫލް 10 ގައި ކިޔެވި ކުއްޖެކެވެ.
ކުޅުދުއްފުށިން މައުލޫމާތު ދިން މީހަކު ބުނީ، އެ ކުއްކާ ރޭގައި ބޮލުގައި ރިއްސާތީ އުޅުނު ކަމަށާއި އެކަމަށްޓަކައި ބޭސް ވެސް ކެއި ކަމަށެވެ.
ރޭގައި ޝަޒްފާ ނިދިގޮތަށް މިއަދު ހެނދުނުއީއިރުވެސް ނުހޭލައިގެން ބެލިއިރު، އޭނާވަނީ ނިޔާވެފައި ކަމަށް ވެސް އެމީހާ ބުންޏެވެ.
ޝަޒްފާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަތިފުޅެވެ. އެ ކުއްޖާގެ ޖަނާޒާ މިއަދު އަޞްރު ނަމާދަށްހު، ކުޅުދުއްފުށީ މަސްޖިދުލްހަޟާރަތުގައި ވަނީ ބާއްވާފައެވެ.



