16 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ ފަރަށް އަރާފައިވަނީ، މުދާ ބަރުކޮށްގެން، 16 މީހުންނާއިއެކު މާލެއިން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ”ރޯޝަނީ“ ނަމަކަށް ކިޔާ ބޯޓެއްކަަމަށެވެ.
އެ ބޯޓް ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެ ބޯޓްގައި ތިބި 16 މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ބޮޑު ދިޔައިގަ ކަފުޖަހާނެ ބޯޓޭއް އައުމާއެކު ފުންކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.



