ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ރަނިންގ ޓްރެކެއް އަޅަން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްެރީން މިއަދު ބުނީ ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ރަނިންގ ޓްރެކެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ސްޕޯޓްސް މިނިސްޓްރީގައެވެ.
މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޟްއެވެ.
އަދި ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޗް. އާރް މެނޭޖަރު އާދަމް ފަޙުނު އެވެ.




