ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ، ހުވަނި އާލާވެފައިވާ ރުއްގަސްތަކަށް ފެން ޖަހައި، ހުވަނި މަދުކުރުމުގެ ހަރަކާތެއް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އެދުުމުގެ މަތިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އިއްޔެ ހަވީރު ކުރިއަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްްއިން ބުނެއެވެ. އެގޮތުން، ހުވަނި ގިނަވެފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަސްތަކަށް ޖުމުލަ 7 ޓަނުގެ ފެން ޖަހާފައިވާކަމަށް އެމްއެންޑިއެފްއިން ބުނެފައި ވެއެވެ.
އެމްއެންޑިއެފްއިން ބުނީ ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް މީގެ މަހެއްހާ ދުވަސްކުރިން ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.


