މޯލްޑިވްސް އިމިގްރޭޝަނުން ބަންގްލަދޭޝްގެ 6 މީހަކު ހޯދަން އިޢުލާނުކޮށްފިއެވެ.
އިމިގްރޭޝަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ބިދޭސީ ހަ މީހެއްގެ މައުލޫމާތު ހިއްސާކޮށް ބުނީ އެ މީހުން ހޯދަން އިޢުލާނުކުރީ އެ މީހުން އުޅޭ ތަނެއް ނޭނގިގެން ކަމަށެވެ.
އެގޮތުން އެ މީހުންގެ ފޮޓޯއާއި ވަނަވަރުވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފައެވެ.
ނަމަވެސް އެ މީހުން ހޯދަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މިގޮތުން ހޯދަމުންދާ މީހުންގެ ތެރޭގައި ހިމެނެނީ ބާބުލް މިއާ (41އ)، އަބްދުލް ކެއިދަރް ނިލޯއި (28އ)، އެމްޑީ އިބްރާހިމް (25އ)، ސޮހެއިލް މިއާ (32އ)، ރަނާ މިއާ (26އ) އަދި އެމްޑީ މިރާޒް (30އ) އެވެ.

އިމިގްރޭޝަނުން ވަނީ އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އިމިގްރޭޝަންގެ ހޮޓްލައިން ނަންބަރު 7980408 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.



