970 މީހުންނާއެކު މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް ”އެމްއެސްކްރިސްޓަލް ސިފަނީ“ ރާއްޖެ އައިސްފިއެވެ.
މި ކްރޫޒް ޝިޕް ރާއްޖެ އައިސްފައިވަނީ ހޯމަ ދުވަހުއެވެ.
މި ކްރޫޒް ޝިޕްގައި 479 ފަތުރުވެރިންނާއި، 491 ފަޅުވެރިން އައިސްފައިވެއެވެ. މިއާއެކު މި ކްރޫޒް ޝިޕުން ރާއްޖެ އައި މީހުންގެ ޖުމްލަ އަދަދު 970 އަރައެވެ. މިއަހަރު ރާއްޖެއިން މަރުޙަބާކީ ފުރަތަމަ ކްރޫޒް ޝިޕް އައިސްފައިމިވަނީ ސީޝެލްސްއިންނެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަނާއާ ދިމާކޮށް ރާއްޖެއަށް، ކްރޫޒް ޝިޕްތަކާއި އެނޫންވެސް ގޮތްގޮތުން އަންނަ ފަތުރުވެރިން އިތުރުވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 93,000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.



