ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މީހާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާއެވެ.
އެ ދައުވާ އޭނާގެ މައްޗަށް އޮއްވައި، ކުށަށް އިއުތިރާފުވެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ގާނޫނުގައިވާ ގޮތުގެ މަތިން ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ.
އަދި އޭނާގެ އިއުތިރާފަށް ރިއާޔަތްކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ.
މިގޮތުން އެ އެއްބަސްވުމުގައިވާ ގޮތަށް އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.



