މާލެ ސިޓީ އިންޑަސްޓްރިއަލް ވިލެޖުގެ އެކި ސަރަަހައްދުތަކަށް ގަވާއިދާއި ޚިލާފަށް ކުނި އަޅަމުންދާ މީހުންނާމެދު މާލެ ސިޓީ ކައުންސިލާއި ގުޅިގެން ފިޔަވަޅު އަޅާނެކަމަށް ވެމްކޯއިން ބުނެފި އެވެ.
ވެމްކޯއިން ބުނީ، ގަވާއިދާއި ޚިލާފަށް ތަންތަނަށް ކުނި އެޅުން، އެއީ އެކުންފުނިން ވަރަށް ދެކޮޅުކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ކުރަމުން އަންނަ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށް ބުނެފައި ވެއެވެ.
ވެމްކޯއިން ވަނީ މިފަދަ ކަންކަން ހައްލުކޮށް، ހެޔޮ އަސަރުކުރާނެފަދަ ގޮތަކަށް އެންމެން އެއްބައިވެ މަސައްކަތްކުރުމަށް އެދިފަ އެވެ.
“އިންޑަސްޓްރިއަލް ވިލެޖް ކްލީން އަޕް”ގެ ނަމުގައި ހަފުތާ ބަންދުގައި ގިނަ އިދާރާތަކެއް އެކުވެ ވަނީ، އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށްފަ އެވެ. ސާފުކުރުމުގެ މި ހަރަކާތް ކުރިޔަށް ގެންދިޔައ، ވެމްކޯއާއި، މާލެ ސިޓީ ކައުންސިލާއި، ހައުސިން މިނިސްޓްރީއާއި،ފުލުހުންނާއި، ލޯކަލް ގަވަމަންޓު މިނިސްޓްރީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ގުޅިގެންނެވެ. މިހަރަކާތުގައި މި އިދާރާތަކުގެ މެނޖްމެންޓްގެ ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވި އެވެ.
ވެމްކޯއިން ބުނީ މިއީ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ސަރަހައްދު ސާފުކުރަން ޖެހުނު ތިން ވަނަ ފަހަރު ކަމަށެވެ.



