މާލެއިން ފުރައިގެން 67 ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ފެރީއެއް ފަރަށް އަރައިފިއެވެ.
މެރިން ފުލުހުން މިއަދު ބުނީ މިއަދު 11:24 އެހާކަންހާއިރު މާލެއިން މާފުށްޓަށް ދަތުރުކުރަމުންދިޔަ ފެރީއެއް ކ. އެނބޫދޫ ފަރަށް އަރާފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ ފެރީން ދަތުރުކުރި އެންމެން ސަލާމަތްކޮށްފައިވާއިރު އެ ފެރީގައި ތިބީ 67 ޓޫރިސްޓުންނާއި ތިން ދިވެއްސަކާއި ދެ ބިދޭސީ ފަޅުވެރިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ ފެރީ ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.



