ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިން“ބޯޑް އޮފް ޕީސް“ ނުވަތަ ސުލްހައިގެ ބޯޑެއް އުފައްދައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ޓްރޫތް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
”ބޯޑް އޮފް ޕީސް އެކުލަވާލައިފިކަން އިއުލާން ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،“ ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ޓްރަމްޕް ވިދާޅުވީ މިސްރާއި ތުރުކީ އަދި ގަތަރުގެ އެހީތެރިކަމާ އެކު ހަމާސްއާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމް ކުރާނެ ކަމަށެވެ.
އެމެރިކާ އިން ހިއްސާވާ ޣައްޒާގެ ސުލްހައިގެ ޕްލޭނަށް އަމަލުކުރަން ފަށާފައިވަނީ 2025 އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އެ ޕްލޭންގައި ޣައްޒާގެ ސަލާމަތާއި ރައްކާތެރިކަމަށް ފަލަސްތީނުގެ ފުލުހުންގެ ޔުނިޓްތައް ތަމްރީނު ކުރުމަށް އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް އެއް ގާއިމް ކުރުމަށް ވަނީ ގޮވާލާފައެވެ.
ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ ބައްސިމް ނާއިމް ވިދާޅުވި ގޮތުގައި އެ ސުލްހައިގެ ބޯޑު ބާރުވެރިކުރުވުމުގެ މަސައްކަތް މިހާރު އޮތީ މީޑިއޭޓަރުންނާއި އެމެރިކާ އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ ކޯޓުގަ އެވެ.



