ރާއްޖެ އާއި އިންޑިއާ ދެމެދު ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީ އަސްކަރީ ތަމްރީނުގައި ބައިވެރިވާން މިއަދު ރާއްޖެ އައި އިންޑިއާގެ ކޯސްޓުގާޑުގެ އުޅަނދެއް ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ތަމްރީނު ހެދުމަށް ރާއްޖެ އައިސްފައިވަނީ އިންޑިއާ ކޯސްޓްގާޑު، އައިސީޖީ ދޯނިއާ، އައިސީޖީއެސް އަތުލްޔާއާއި އައިސީޖީއެސް ވަޖްރާގެ އިތުރުން ލަންކާ ކަނޑުގެ ސިފައިންގެ އެސްއެލްއެންއެސް ސުރަނިމިލާއެވެ.
އެ އުޅަނދުތަކުން އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ އަރާފައިވަނީ ކ. ހިންމަފުށީ ކައިރި ވިލާ ނޯޓިކާގެ ފަރަށެވެ.
އެމްއެންޑީއެފުން ބުނީ، އެކްސަސައިޒް ދޯސްތީ ގައި ބައިވެރިވުމަށް މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ މިހާރުވަނީ ފުންކުރެވިފައި ކަމަށެވެ.



