މީހުންނާއި މުދަލާއެކު ބަރުކޮށްގެން، ދަތުރުކުރަމުންދަނިކޮށް ރޭ ދަންވަރު ފަރަށްއެރި ”ރޯޝަނީ“ ބޯޓް ފުންކޮށްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ މުދާ ބަރުކޮށްގެން، 16 މީހުންނާއިއެކު މާލެއިން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ އެ ބޯޓް ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
ބޯޓް ފުންކުރުމަށް، ކޯސްޓްގާޑުގެ ޑައިވަރުންނާއި ދޯނީގެ ފަޅުވެރިން ކުރި މަސައްކަތުން، ބޯޓް ފުންކުރެވުނީ ހެނދުނުު 11:10 ހާއިރުކަމަށް އެމްއެންޑިއެފް އިން ބުނެއެވެ.
އެ ބޯޓްގައި ތިބި 16 މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.



