މެއިންޓެނެންސްގެ މަސައްކަތެއް ކުރާތީ ބީއެމްއެލްގެ ކާޑުގެ ހިދުމަތްތަކަށް މިރޭ ބުރޫ އަރައިފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ، ޕްލޭން ކޮށްފައިވާ މެއިންޓެނެންސްގެ މަސައްކަތަކަށް މިރޭ ބީއެމްއެލްގެ ކަސްޓަމަރުންނަށް ކާޑުގެ ހިދުމަތްތައް ހޯދުމަށް ދަތިތަކާއި ކުރިމަތިވެދާނެ ކަމަށެވެ.
މެއިންޓެނެންސްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 1:30 އިން ފެށިގެން 2:30 އަށް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.




