ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް ކުރިއަށްގެންދާ ވޯކް-އިން-އިންޓަރވިއުއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ބެލުމުގެ ދަށުން ޓެކްސީލައިންގެ ޚިދުމަތް ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ޓެކްސީލައިންގެ ޚިދުމަތުގައި ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ އިއުލާން އިޢުލާންކޮށްފައެވެ. ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.
އެމްޓީސީސީން ވިދާޅުވީ މާފަންނު ބަސް ޓާމިނަލުގައި މިއަދު ކުރިއަށްގެންދާ އިންޓަރވިއުއަށް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކު އަންނަމުންދާކަމަށެވެ. ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް އިންޓަވިއުކުރުން ކުރިއަށްދާނެއެވެ.




