ކ. ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ”ބަލްމާ – 6“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން، ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި އެ ބޯޓުން 4 މީހުން ދަތުރުކުރަމުންދިޔަ އިރު، އޭގެތެރެއިން 2 މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި ހާދިސާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.



