އައިޖީއެމްއެޗުގައި ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.
އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހުމާއި އަރުދަފުސް ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކެއް މިހާރު ޤާއިމުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ކްލިނިކަށް އަންނަ ފަރާތްތަކުން ފުރަތަމަ ދާން ޖެހޭނީ އީ.އާރް ޓްރައިޖަށް ކަމަށާއި ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދުދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އައިޖީއެމްއެޗުން ބުނީ އެ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭ ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ލިބޭނެ ކަމަށެވެ.


