ހުޅުމާލޭގެ ފޭސްދޭއްގެ ބައެއް ސަރަހައްދުތަކުން މިއަދު ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ފޭސްދޭއްގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު، ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން އެ ސަރަހައްދުން ކަރަންޓްގެ ހިދުމަތް މެދުކެނޑެނީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރިއަށް ދާތީ ކަމަށް ސްޓެލްކޯ އިން ބުނެފަައި ވެއެވެ.
ސްޓެލްކޯ އިން ބުނީ މިއަދު ހަވީރު 16:15 އާއި 16:00 އާ ދެމެދު، ހުޅުމާލެ، ނެއިބަރހުޑް 3ގެ ބައެއް ސަރަހައްދުތަކުންނާއި ފޭސް ދޭއްގެ އެމްޕީއެލް ހިޔާ، އަމާން އުދަރެސް 5 އަދި 6 ގެ އިތުރުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުންވެސް ކަރަންޓް ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.



