”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 500 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީން ދެންމެ ވަނީ ފާއިތުވި 24 ގަޑި އިރުތެރޭގައި ބިމާއި ފްލެޓަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުލެޓަށް އެދި ކުރިމަތިލި 399 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފަވާއިރު ބިމަށް އެދި 119 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި ޑްރާފްޓު މަރުހަލާގައި 3،836 އެޕްލިކޭޝަން ކުރިއަށްދާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 518 އެޕްލިކޭޝަން ހުށަހަޅާފައިވޭ.“ މިނިސްޓްރީން ބުނެފައި ވެއެވެ.
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ދޫކުރާ ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 23:59 އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ދޫކުރާ ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 އެވެ.
މީގެ އިތުރުން އެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތަކާއި މާކްސް ދޭނެ އުސޫލުތައް ސަރުކާރުން އިއްޔެ ވަނީ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.



