މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން، ’ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ’ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ހިންގައިފިއެވެ.
މި ޓްރެއިނިން ކުރިއަށްގެންގޮސްފައި ވަނީ މި މަހުގެ 18 އިން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށެވެ.
އެގޮތުން މި ޓްރޭނިންގ ޕްރޮގްރާމްގައި ޤައިދީންގެ ރިހެބިލިޓޭޝަން ދާއިރާގައި މަސައްކަތްކުރާ 14 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި ’ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ‘ (އާރްއެންޑްއާރް) މޮޑެލް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްސަ ކޮމިއުނިޓީ-ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި ތަންފީޛުކުރުމެވެ.
މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ޓެޓްރާޓެކްގެ ޕްރިޒަން އެކްސްޕަރޓް މިސްޓަރ ޓޯނީ ހެސަލްއެވެ.



