މ. މުލަކު މަގުތަކުގައި ފެނުގެ ކަނެކްޝަން އެޅުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ފެނަކައިން ބުނީ މުލަކުގައި ތާރައެޅުމަށް ހަމަޖެހިފައިވާ މަގުތަކުގައި ފެނުގެ ކަނެކްޝަން ހޮޅި އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
”މ. މުލަކުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ މަގުތަކުގައި ފެނުގެ ކަނެކްޝަން އެޅުމުގެ މަސައްކަތުގެ ތެރެއިން“ ފެނަކައިން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

ފެނަކައިން ބުނީ މި މަސައްކަތް ކުރުމަށް ހަފްތާއެއް ހޭދަވާނެކަމަށާއި މި މަސައްކަތުގައި އެރަށު ފެނަކައިގެ މުވައްޒަފުންގެ އެއްބާރުލުން ލިބޭ ކަމަށެވެ.



