ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްސަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ ވޯކްޝޮޕްގައި 15 ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ.
އެ ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ ޔޫތު ހަބްގެ ޓްރެއިނިންގ ރޫމްގައެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައި ކަމަށެވެ.
މި ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
މި ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.
މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ހިންގި ހަރަކާތެކެވެ.




