ގްރޭޓާ މާލޭގެ ތިން ސަރަހައްދެއްގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ ސްޕޯޓްސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިއްޔެ ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސްޕޯޓްސް މިނިސްޓްރީން ކުރި ޕޯސްޓުގައި ބުނީ ހުޅުމާލެ ފޭސް އެކެއް، ފޭސް ދޭއް އަދި ވިލިމާލެ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި އެމްއޭސީއެލް އާއިއެކު ސޮއިކޮށްފައިވާ ކަމަށެވެ.
”ހުޅުމާލެ ފޭސް1 ، ފޭސް 2، އަދި ވިލިމާލެ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެކު މިއަދު ވަނީ ސޮއިކުރައްވާފައި.“ މިނިސްޓްރީން އިއްޔެ ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އެވެ.




