މޯލްޑިވްސް އިމިގްރޭޝަނުން ބަންގްލަދޭޝްގެ ހަތަރު މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
އިމިގްރޭޝަނުން ވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި އެމީހުންގެ ފޮޓޯ އާއި ވަނަވަރާއެކު އާންމުކޮށްފައެވެ.
އިމިގްރޭޝަނުން ހޯދަމުންދާ ބަންގްލަދޭޝްގެ ހަތަރު މީހުންނަކީ:
- ޖިއާއުރް ރަހްމާން ބިޝްވާސް (46އ)
- ރަފީގުލް (32އ)
- އެމްޑީ އާރިފް ޓަޓީ (22އ)
- އެމްޑީ ސަހާދަތް ހޮސެއިން (27އ)
އިމިގްރޭޝަނުން ބުނީ، އެ މީހުން ފެނިއްޖެނަމަ އަދި އެ މީހުންނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެނގޭނަމަ 7980408 މި ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިމިގްރޭޝަނާއި ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިދިޔަ އަހަރު ވެސް ގަވައިދާ ހިލާފަށް އުޅެމުންދިޔަ ގިނައަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.



